ސަބްސިޑީ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން މިފްކޯއިން ދީފިއެެވެ.
އާ އުސޫލުގެ ދަށުން، މިފްކޯއަށް މަސްކިރުވާ އުޅަނދުތަކަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާގެ ރޭޓުގައި ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސްކިރުވާ ދޯނިތަކަށް ލީޓަރެއް 16.04 ރުފިޔާއަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އާންމު ފަރާތްތަކަށް މިފްކޯއިން ޑީސަލް ވިއްކާނީ ލީޓަރެއް 17.54 ރުފިޔާއަށެވެ. މިއީ އިއްޔެ އެކުންފުނިން އަގު ބޮޑުކުރަން ނިންމި ރޭޓަށްވުރެ ބޮޑުތަނުން ހެޔޮ އަގުތަކެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފްކޯއިން އިއްޔެ އެންމެ ފުރަތަމަ ނިންމީ ޑީސަލް ލީޓަރެއް 27.24 ރުފިޔާއަށް ބޮޑުކުރުމަށެވެ. ނަމަވެސް ސަރުކާރުގެ ސަބްސިޑީއާއެކު މިހާރު ވަނީ މަސްވެރިންނަށް މާލީ ބޮޑު ލުޔެއް ކަށަވަރުކޮށްދީފައެވެ.
މަސްވެރިކަން ދަށްވި ނަމަވެސް ރޯދަ މަހު މަހުގެ އުފެއްދުންތައް ލިބުމުގައި ދަތިކަމެއް ނެތް: މިފްކޯ ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށައިފި އާ އަހަރުގެ ފުރަތަމަ ދުވަހު ބޭނި މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދީފި މިފްކޯގެ ސީއީއޯ ކުރީގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ