ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ތިލަފުށީން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފަައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އެ މީހާ ގެއްލިފައިވަނީ ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ދެ ދުވަސް ފަހުން އެ މީހާ ގެއްލިފައިވާކަން ފުލުހަށް ރިޕޯޓް ކުރީ މިއަދު އެވެ.
އެއީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހެއް ކަމަށް ވެ އެވެ.
އެ މީހާ ގެއްލުނު ހާދިސާއާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ. އޭނާއަށް ބޮޑު އަނިޔާއެއްދީ ތާކަށް އެއްލާލި ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. ނަމަވެސް މި ތުހުމަތުތަކާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ