މެމްބަރު ފަލާހުގެ ދަރިފުޅުގެ މައްސަލަގައި އިންސާފު ގާއިމް ކުރާނެ ގޮތް ޑރ. ޖަމީލު ވިދާޅުވެ ދެއްވައިފި

ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ދަރިފުޅު އަހުމަދު ތޮއިބާން މުހައްމަދު ހައްޔަރުކުރުމާއި ގުޅިގެން މައްސަލާގައި އިންސާފު ގާއިމް ކުރާނެ ގޮތް ގާނޫނީ ވަކީލް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެ ދެއްވައިފިއެވެ.
ޑރ. ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލާގައި އިންސާފު ގާއިމް ކުރާނެ ގޮތްތަކަކީ:
މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ މިފެންނަނީ ނޫރާނީ 5 އަހަރުގެ މޭވާ އަޅާތަން ކަމަށެވެ.
މަސްތުވާތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ތައިބާން ހައްޔަރުކުރީ 20 ފެބްރުއަރީގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް މިފަދަ އެހެން މައްސަލަތަކުގައި އާންމުކޮށް 15 ދުވަސް ޖަހައެވެ. ކޯޓުން އެދުވަހު ނިންމި އެ ބާވަތުގެ އެހެން މައްސަލަތަކުގައިވެސް ނިންމާފައި ހުރީ އެގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ