ކޮމަންޑޫ - މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މި ދާއިރާގެ ރަށްތަކާއި މާލޭގައި ވޯޓު ލާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ބާއްވާ މި ބައި-އިލެކްޝަންގައި ވޯޓު ލާން ފަށާފައި ވަނީ މިއަދު ހެނދުނު 8ގަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 3 އިން ހަވީރު 4 އަށެވެ.
ތަފްސީލު - މި ދާރިރާގެ މައި ރަށް ކަމަށްވާ ކޮމަންޑޫގައި މީހުން ހެނދުނު 7 އިން ފެށިގެން މީހުން ވަނީ ކިއޫ ޖެހެން ފަށާފަ އެވެ.
މި އިންތިހާބުގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާއިރު، އޭގެ ތެރޭގައި ކޮމަންޑޫގެ 1،406 މީހަކު ހިމެނެ އެވެ. ދެން ހިމެނެނީ:
ފޯކައިދޫން 1،202 މީހުން
މަރޮށިން 701 މީހުން
ތިން ރަށުގެ 1،300 މީހަކު ވޯޓުލުމަށް ހަމަޖެހިފައި ވަނީ މާލޭގެ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ބާކީ ތިބި މީހުން ވޯޓު ލާނީ ތިން ރަށުގައި ބަހައްޓާފައިވާ ވޯޯޓު ފޮށިތަކަށެވެ. އެގޮތުން:
ކޮމަންޑޫގައި 712 މީހުން
ފޯކައިދޫގައި 929 މީހުން
މަރޮށީގައި 367 މީހުން
އިތުރަށް ކިޔާލަން -
ކޮމަންޑޫ ބައި-އިލެކްޝަންގެ ކަވަރޭޖު
ކޮމަންޑޫ ދާއިރާގެ ވާދަވެރި އިންތިހާބުގައި ވޯޓުލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ