މަރާމާތަށް އާ ސަހަރާ ބަންދުކޮށްފި, ދެން މީހުން ވަޅުލާނީ ހުޅުމާލޭގައި

މާލޭގައި އާންމުކޮށް މީހުން ވަޅުލަން އޮންނަ ހަމައެކަނި ތަން، އާ ސަހަރާ މަރާމާތަށް ބަންދުކުރަން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ, އާސަހަރާ ތަރައްގީ ކުރުމަށް ނިންމާ އެ މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މާދަމާ ފަށައި ދެ މަސް ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންވެ, މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ, އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަސް, އާސަހަރާ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށެވެ.
އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އަންހެނުނާއި ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމަށާއި އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރާނެ ތަނެއް ހެދުމަށާއި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ