ޓޫރިޒަމް ފުޅާކުރާ އެއްބަސްވުމެއް ސައުތު ކޮރެއާ އާއެކު ހަދައިފި

އެއްބަސްވުމާއެކު ރާއްޖެއަށް އަންނަ ކޮރެއާ ޓޫރިސްޓުން އިތުރު ކުރަން މިއަހަރު ތެރޭ ކޮރެއާއިން ޑައިރެކްޓް ފްލައިޓް ފެށޭނެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރަން ޓޫރިޒަމް މިނިސްޓްރީން ސައުތު ކޮރެއާއާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސައުތު ކޮރެއާގެ ޓޫރިޒަމް އޯގަނައިޒޭޝަންގެ ވައިސް ޕްރެޒިޑެންޓް، ލީ ޖިން ހޯ އެވެ.މިއީ ދެ ގައުމުގެ މެދުގައި ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދަން ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާއި ފުރުސަތުތައް ފާހަގަކޮށް ސޮއިކުރި އެއްބަސްވުމެކެވެ.މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭނެ ކަންކަމާއި އެކަމާ ގުޅުންހުރި ދިރާސާތައް ކުރަން ވަނީ ހަމަޖެހިފަ އެވެ.
މި އެމްއޯޔޫގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖެއަށް އަންނަ ކޮރެއާ ޓޫރިސްޓުން އިތުރު ކުރަން މިއަހަރު ތެރޭ ކޮރެއާއިން ޑައިރެކްޓް ފްލައިޓް ފެށޭނެ ކަމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށެވެ. އެކަމާ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ