1965 ފެށިގެން ރާއްޖޭގެ ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ބަލައިގަތުން: ޑރ. ޝަހީދު

ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރު، 1965 އިން ފެށިގެން، ރާއްޖެއިން ގެންގުޅުނު ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަތުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު އެހެން ވިދާޅުވީ މޮރިޝަސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ކުރީގެ ބަންޑަރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި، ކުރެއްވި ޓްވީޓެއްގައެވެ.
ޝަހީދު ވިދާޅުވީ އޭނާ ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު، 2010 ވަނަ އަހަރު ޗާގޮސްއާ މެދު ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލު ނުކުރާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ވެސް ގެންގުޅުނު ސިޔާސަތަކީ ރައީސް ނާސިރުގެ ވެރިކަމުގައި ޑިސެމްބަރު 16، 1965 އިން ފެށިގެން ގެންގުޅުނު ސިޔާސަތު ކަމަށް ޝަހީދު ވިދާޅުވިއެވެ.
2010 ga Chagos aa medhu Raajje in gengulhunu siyaasathu badhaleh nukuran. 16 December 1965 in feshigen Raajje in gengulhunu siyaasathakee Chagos akee Mauritius ah liben jeheyne thaneh kamah. 1968, 1983, 1997, 2002,adhi enoon vaguthu thakugaves, haama kuree hama e siyaasathu./2 https://t.co/li2a5ihP0d
— Ahmed Shaheed (@ahmedshaheed) May 6, 2023
“1968، 1983، 1997، 2002 ގައި އެ ނޫން ވަގުތު ތަކުގައި ވެސް ހާމަ ކުރީ ހަމަ އެ ސިޔާސަތު،” ޝަހީދު ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ