ކައިވެނިކުރެވޭ އަންހެންމީހާގެ ޢުމުރު ދޮށިވުމަކީ ދީނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން!: ޑރ. އިޔާޟް

ކައިވެނި ކުރެވޭ އަންހެން މީހާގެ ޢުމުރު ފިރިހެން މީހާ އަށް ވުރެ ދޮށި ވުމަކީ ދީނީ ގޮތުން އެއްވެސް މައްސަލަ އެއް އޮތް ކަމެއް ނޫނެވެ. ކައިވެނި ކުރެވޭ އަންހެން މީހާ އަކީ ޢުމުރުން ހަގު މީހަކު ކަމުގައިވާން ވާނެ ކަމަށް ގިނަބަޔަކު ވާހަކަ ދައްކާ ސަބަބަކީ އަންހެނުންނަކީ ވަކި ޢުމުރަކުން ޢިއްދައިން ކެނޑޭ ބަޔަކަށްވުމުން އެދުންވެރިކަން ނާންނަ ގޮތް މެދުވެރިވެދެއެވެ، އެއާއި ޚިލާފަށް ފިރިހެން މީހާ އަކީ އެފަދަ ކަމެއް ދިމާވާ މީހެއް ނޫނެވެ. އެހިސާބުން ދެމީހުންގެ މެދުގައި މައްސަލަތައް އުފެދެން ދިމާވެދެއެވެ. އެހެންކަމުން، ތިމާ އަށް ވުރެ ޢުމުރުން ހަގު އަންހެނަކާ ކައިވެނި ކުރުމަށް މީހުން ނަޞޭޙަތްތެރިވެ އުޅެއެވެ. ނަމަވެސް، ތިމާ އަށް ވުރެ ދޮށީ މީހަކާ ކައިވެނި ކުރުމުގައި ދީނީ ގޮތުން ހުރަހެއް ނެތެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  
(މިކަމުގައި ބޭރުގެ ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ކަމެއް ބަޔާންކޮށްލާނަމެވެ. އެއީ ޒަމާނުގެ ނަމުގައި ދިރިއުޅުމަށް ގެނެސްފައިވާ "ފެންޓަސީ، އެކްސްޓަސީ" އިންޤިލާބުތަކުގެ ޝިކާރައަކަށްވެ ނާރުތަކުގެ ބާރުދެރަވުމުން ޒުވާން ޢުމުރުގައި ގިނަ ޢަދަދެއްގެ ފިރިހެނުން ފިރިހެންކަމުން މަޙްރޫމްވާ ކަމެވެ. ބޭސްކައިގެން ނޫނީ އެނދުގައި އޮށޯވެވެސް ނުލެވޭ ޒުވާނުން ގިނަވަމުން ދަނީ ބޭނުންކުރާ ބާރުގަދަ ބޭސްތަކާ، ބަނގުރަލާ ޑްރަގުގެ ބާވަތްތަކުގެ ސަބަބުންކަން ޑޮކްޓަރުންވެސް ފާހަގަކުރެއެވެ. ވީމާ އެއްދާން ކުރުމުގައި ކުރިން ފޭލްވަނީ ނުވަތަ ނުކުޅެދެނީ އަންހެނުންކަމަށް ނިންމަން އުނދަގޫތަކެއް އެބަހުއްޓެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ