ޖޭޕީގެ ލީޑަރު ކަމަށް ގާސިމް، ނައިބު ކަމަށް ނަހުލާ ކުރިމަތިލައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު 12:00 ޖެހިިއިރު ހަމަވެފައިވާއިރު ލީޑަރު ކަމަށް ގާސިމު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ކަމަށެވެ.ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކިތައް ބޭފުޅުން ކުރިމަތިލެއްވިތޯ އެހުމުން އަލީ ސޯލިހް ވިދާޅުވީ ނައިބް ލީޑަރުންގެ ވާދަވެރިކަން މިފަހަރު ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ހޮވާނީ މިމަހުގެ 24 އިން 25 ވަނަ އަށް ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގަ އެވެ.ޖޭޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނީ ޕާޓީގެ ލީޑަރެވެ. ފަސް އަހަރުގެ މުއްދަތަކަށް ޖޭޕީގެ ލީޑަރަކު ހޮވަނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ