މެނޭޖަރ ފެންވަރުގެ ލެވެލްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، މަރކެޓިންގ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ކުރައްވަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އޭޝިޔާ ސަރަހައްދުގެ މާރކެޓިންގ ދާއިރާގަ ތަޖުރިބާކާރު މިސްޓަރ ރަވީ ޖަޔަވަރްދެނާ އިންޓަރލެކުޗަރަލް ޓްރޭނިން އެއް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.
އެވިޑް ކޮލެޖް އާއި ގުޅިގެން ހިންގާ މި ޓްރޭނިންގައި ލެކުޗަރ ދެއްވާ މިސްޓްރ ރަވީ ޖަޔަވަރްދެނާއަކީ މަލިބަން ބިސްކޯދު މެނުފެކްޓަރީ ހިންގާ ކުންފުނީގެ ހެޑް އޮފް ސޭލްސް އެންޑް މާރކެޓިންގ އަދި ސީއީއޯ އެވެ. އަދި އޭނާއަކީ މީގެ ކުރިން ސްރީލަންކާގެ ކޯކާކޯލާ ކުންފުނީގެ ކަންޓްރީ ހެޑް އޮފް ސޭލްސްގެ މަގާމްގައި ވެސް މަސައްކަތްކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
މި ޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެވިޑް ކޮލެޖްއިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި މަހުގެ 17 ވަނަ ދުވަހު މި ޕްރޮގްރާމް ބޭއްވުމަށް ނިންމާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ކޮންމެ ބައިވެރިއެއްގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގާނެއެވެ.
މި މިޕްރޮގުރާމް އޮންނާނީ އެކޮލެޖުގެ ޑައިމަންޑް ކެމްޕަސްގައެވެ.
ބޭރުގެ މާރކެޓިންގ ދާއިރާގެ ތަޖުރިބާކާރަކު ރާއްޖޭގައި އިންޓަރލެކުޗަރަލް ޓްރޭނިން އެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ