ސްކޫލް ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާކޮށްފި

ސްކޫލްތައް ފެށޭ ގަނޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލްތައް ހުންނަ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން މަނާކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މީގެ ކުރިންވެސް އެގޮތަށް އަމަލު ކުރަމުން އައިކަމުގައިވިޔަސް އެކަން ވަނީ އެކަށީގެންވާގޮތުގައި ތަންފީޒު ނުކުރެވި އެވެ.
އެޑިއުކޭޝަނުން ބުނީ އެ މިނިސްޓްރީން އެދިފައިވާގޮތަށް އަނެއްކާވެސް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެގޮތަށް ހަމަޖައްސާނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
އާންމުކޮށް ސްކޫލް ނިމޭ ގަޑިތަކުގައި އެންމެ ބާރު ބޮޑުވަނީ އަމީނިއްޔާ ސްކޫލާއި އަރަބިއްޔާ އަދި އިސްކަންދަރު ގެ އިތުރުން ސީއެޗްއެސްސީ ހިމެނޭ ސަރަހައްދުގައި އެވެ. މިހާރުވެސް އެ ސަރަހައްދުތަކަށް ސްކޫލް ގަޑިތަކުގައި ކާރާއި ޕިކަޕްފަދަ އެއްޗެހި ވަނުން އޮންނަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ