ކުރީގެ މެމްބަރު ސައުދު ހުސެންގެ މަންމަގެ ޖަނާޒާ ބާއްވައިފި

ވިލިގިނލި ދާއިރާގެ ކުރީގެ މެންބަރު ސަޢުދު ޙުސައިންގެ މަންމަގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ. މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައުދުވެސް ވަނީ މިއަދުގެ ޖަނާޒާގައި ބައިވެރިވެފަ އެވެ. ކަށުނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު، ފުރުގާން މިސްކިތުގައެވެ.
މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވަނިކޮށް ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާއިގައި ހައްޔަރުކޮށްފައިވާ ސައުދު، އޭނާގެ މަންމަގެ ޖަނާޒާއަށް ހާޒިރުކުރުވީ، މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުވުމަށް ފަހުއެވެ.
ސައުދުގެ މަންމަގެ މޫނު ދެއްކުން އާސަހަރާގައި ކުރިއަށް ގެންގޮސްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ، ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ޖަނާޒާގައި ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ