ރިޕޯޓަށް ފަހު ބާއްވާ މަޝްވަރާތަކަށް ޕީޕީއެމުން އުމަރު، އެމްޑީޕީން މޫސަ

ކޯނީގެ ރިޕޯޓަށްފަހު ބާއްވާ ސިޔާސީ ލީޑަރުންގެ މަޝްވަރާގައޮ ޕީޕީއެމްގެ ފަރާތުން އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އަދި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުން ހުޅުހެންވޭރު ދާއިރާ މެންބަރު މޫސާ މަނިކު ބައިވެރިވާ ގޮތަށް ނިންމައިފި އެވެ.
ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސިޔާސީ ލީޑަރުންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން އުމަރު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ނިންމީ އެ ޕާޓީން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުގައި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
އެނާ ވިދާޅުވީ ކައުންސިލުން ނިންމާފައިވަނީ އެ ބައްދަލުވުންތަކުގައި އުމަރަށް ބައިވެރިވެ ވަޑައި ނުގެންނެވޭނަމަ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރު އަދި އެޕާޓީގެ ވަގުތީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ މަޝްވަރާ ތަކުގައި އެ ޕާޓީގެ ޗެއާޕާސަން މޫސާ މަނިކު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ މަޝްވަރާތައް ފަށާން ނިންމައި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރަސްމީކޮށް ދައުވަތު ދެއްވީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ