އިހަވަންދޫ އިންޖީނުގެ ތެރެއަށް ފޭކު ބޮމެއް އެއްލާލާފައި އޮތް މައްސަލައެއް ފުލުހުން ބަލަނީ
ހއ. އިހަވަންދޫ އިންޖީނުގޭގެ އެތެރެއަށް ފޭކު "ބޮމެއް" އެއްލާލާފައި އޮތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެެވެ. ފުލުހުން މިއަދު ބުނީ ރޭ 9:30 އެހާކަންހާއިރު އިހަވަންދޫ އިންޖީނުގެ ތެރެއަށް ފޭކް "ބޮމެއް" އެއްލާލާފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ބޮން ހެދުމަށް ބޭނުންކޮށްފައި ވަނީ ދަނޑިކޮޅުތަކެއްގައި ފޮއިލް އޮޅައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. "ފޭކު ބޮމުގައި އޮތީ ރޯކޮށްލާފައި އިންޖީނުގެ ތެރެއަށް އެއްލާލާފައި. ފުލުހުން ދިޔަ އިރު އިންޖީނުގޭގެ މުވައްޒަފުން އޭތި ނިވާލާފައި އޮތީ،" ފުލުހުން ބުންޏެވެ. ފޭކު ބޮމުގެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މީގެ ކުރިންވެސް މާލޭގެ އެކު ސަރަހައްދުތަކުގައި ފޭކްބޮން ބަހައްޓައިގެން އެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ފޭކް ބޮން ބެހެއްޓުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ