އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ނުދީ ނޯންނާނެ: ފެނަކަ
ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫނުކޮށް ނޯންނާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.ފެނަކައިން މިހެން ވިދާޅުވެފައިވަނީ ދިޔަރެސް ނޫހުގައި، "ފައިދާވި ފެނަކައަށް މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް މިލިއަނުން ފައިސާ ނުދީ އެބަހުރި" ގެ ނަމުގައި ޝާއިއު ކުރި އާޓިކަލާއި ގުޅިގެން މިއަދި ނެރުނު ނޫސްބަޔާނެއްގައެވެ. އެކޯޕަރޭޝަނުން ވިދާޅުވީ އެއްވެސް އެކުންފުންޏާއެކު، އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގައި، ކޮންމެ ކޮންޓްރެކްޓަރަކަށްވެސް ލިބިދޭންޖެހޭ ފައިސާ އެއެއްބަސްވުމެއްގެ ރޫޙާއި އެއްގޮތްވާގޮތަށް ނުދީ ނޯންނާނެކަމަށެވެ.ފެނަކަ ކޯޕަރޭޝަނުންވަނީ މަދު ކޮންޓްރެކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތަކަށް ބަލައި ފެނަކައިގެ ބަހެއް ނުހޯދައި ހަޤީޤަތް އޮޅޭ މަޢުލޫމާތެއް އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި ފެނަކަ ކޯޕަރޭޝަންއާއި މެދުގައި ޝައްކާއި ވަހުމު އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބުކުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއްކަމަށްވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ. ފެނަކަ އިން ބުނީ އިޚްލާޞްތެރިކަމާއި ތެދުވެރިކާމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި އެކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ