ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނަން - ނަޝީދު


މާދަމާ ހެނދުނު ވެރިކަން ލިބުނަސް އެއްވެސް ދައްޗެއް ނެތި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނެ ކަމަށް އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
 
ރޭ ހައްދުންމަތީ ގަމު ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގައި އެޕާޓީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީގެ ވެރިކަމެއްގައި ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހައްދަވާ ދެއްވާނެ ކަމަށާއި، އެއަތޮޅު ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރުގެ ކުޅިވަރު ދަނޑުތަކެއް އަޅުއްވާދެއްވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ހައްދުންމަތީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އެ އަތޮޅުގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއްކަމަށާއި، އެގޮތުން އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި ފޮނަދޫން ގަމަށް ދާ މަގު ތާރު އަޅާ ގުޅާލާނެ ކަމަށެވެ.
 
 
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި ދެއަހަރު ތެރޭގައި  ދަތުރުފަތުރުގެ ފުރިހަމަ ނިޒާމެއް ތަރައްޤީކޮށް ދެއްވާނެކަމަށާއި، ގެސްޓް ހައުސް ވިޔަފާރި ބޭނުންވާ ފަރާތްތަކުގެ ގެތަކުގައި ޓޫރިސްޓުންނަށް އަމާޒުކޮށްގެން ދެ ކޮޓަރި އަޅައިދޭނެ ކަމަށެވެ. އަދި ދާއިމީ ގޮތެއްގައި އެ ތަންތަނަށް ޓޫރިސްޓުން ގެނައުމަށް އެ ފަރާތްތަކާއި ޓުއަގައިޑުންނާ ގުޅުވައިދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ