ބޯޓިންގް އެވޯޑްސްގެ ބެސްޓް މެރިން އިންޖީނުގެ އެވޯޑް ތިންވަނަ ފަހަރަށް ވީއޭއެމްކޯއަށް ލިބިއްޖެ

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގައި މޯސްޓް ޕްރިފަރޑް މެރިން އިންޖީންގެ އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ވީ.އޭ.އެމް.ކޯއިން ކާމިޔާބުކޮށްފިއެވެ.ނެޝަނަލް އާޓް ގެލަރީގައި ބޭއްވި މޯލްޑިވްސް ބޯޓިންގް އެވޯޑްސްގައި ވީއޭއެމްކޯއިން ވަނީ މޮސްޓް ޕްރިފަރޑް މެރިން އިންޖީންގެ އެވޯޑްގެ އިތުރުން ބެސްޓް މެރިން އިކުއިޕްމަންޓް ސަޕްލަޔަރގެ އެވޯޑް ވެސް ހާސިލްކޮށްފައެވެ.މިކަމާ ގުޅޭގޮތުން ޗެނަލް 13 އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވީ.އޭ.އެމް.ކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު އިޔާދު ހަމީދު ވިދާޅުވީ، މިދިޔަ އަހަރުގެ ބޯޓިންގް އެވޯޑްސްގައި ވެސް މި ދެ އެވޯޑް އެކުންފުނިން ކާމިޔާބުކޮށްފައިވާ ކަމަށާއި މިއީ މޯސްޓް ޕްރިފަރޑް މެރިން އިންޖީންގެ އެވޯޑް އެކުންފުންޏަށް ލިބުނު ތިންވަނަ ފަހަރު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެސް އޮޑިވެރިންގެ މެދުގައި ވީ.އޭ.އެމް.ކޯއިން ވިއްކާ ޑޫސާން ޑައިވޫ މެރިން އިންޖީނަށް އޮތް އިތުބާރު ހާމަވެގެން ގޮސްފައިވާ ކަމަށް އިޔާދު ވިދާޅުވިއެވެ.ލިވަބޯޑް އެސޯސިއޭޝަން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ބޯޓިންގް އެވޯޑްސްގައި 25 ކުންފުންޏަކުން ވަނީ އެވޯޑްތަކަށް ވާދަކޮށްފައެވެ. އަދި އެވޯޑް ދިނުމުގައި ޖަޖުންގެ 60 އިންސައްތަ މާކްސްއާއި އޮންލައިންކޮށް ނެގި ވޯޓުން 40 އިންސައްތަ މާކްސް ވަނީ ހިމަނާފައެވެ.ޖުލައި މަހުގެ 25 އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އޮންލައިން ވޯޓިންގްއަށް މީގެ ކުރީ އަހަރުތަކަށް ވުރެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ