ސުޕްރީމް ކޯޓްގެ ވެބްސައިޓް ހެކެއް ނުކުރާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ޑީޖޭއޭއިން މިހެން ބުނީ ސަރުކާރަށް ތާއީދުކުރާ ބައެއް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓްގެ ވެބްސައިޓް ހެކްކޮށްފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކޮށް މިރޭ ކޮށްފައިވާ ޓްވީޓެއްގައެވެ.
ޑީޖޭއޭއިން ބުނީ ސުޕްރީމް ކޯޓްގެ ވެބްސައިޓް ހެކު ނުކުރާކަމަށާ ސުޕްރީމް ކޯޓްގެ ހުކުމަކީ ސައްޙަ ހުކުމެއްކަމަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިރޭ ވަނީ ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓުން މިރޭ މިނިވަންކުރަން ކުރަން ހުކުމްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާއި، ގާޒީ އަހްމަދު ނިހާނާއި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ހިމެނެ އެވެ.
ސުޕްރީމް ކޯޓްގެ ވެބްސައިޓް ހެކެއް ނުކުރޭ: ޑީޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ