ކެންޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ކުށްވެރިން: ރައީސް ކެންޔައްޓާ

ކެންޔާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ކުށްވެރިން ކަމަށް އެއިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އުހުރޫ ކެންޔައްޓާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސްޕްރީމް ކޯޓުން ބާތިލް ކުރުމާއި ގުޅިގެންނެވެ. އެގައުމުގެ ރިޔާސީ އިންތިހާބު ބާތިލް ކޮށްފައިވަނީ އެއިންތިޚާބު ބާއްވާ ފައިވަނީ ގާނޫނު އަސާސީ އާއި ޚީލާފަށް ބުނެއެވެ.ނިންމުމަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން ތާއިދު ކުރެއްވިކަމަށް ބައިނަލް އަގްވާމީ ނޫސްތަކުގައިވެއެވެ.ސްޕްރީމް ކޯޓްގެ މިއަމުރާއި ގުޅިގެން ކެންޔާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އިންތިޚާބްވި އުހުރު ކެންޔައްޓާ އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓްގެ ނިންމުމަށް އިހުތިރާމް ކުރައްވާކަމަށެވެ.އެހެންނަމަވެސް ވެރިރަށް ނައިރޯބީ ގައި ބޭއްވި ރެލީއެއްގައި އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންނަކީ ކުށްވެރިންތަކެއްކަަމަށް ކެންޔައްޓާ ވިދާޅުވެފައިވާކަމަށާއި އަދި އެފަނޑިޔާރުން އަމަލު ކުރައްވާގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށް ކެންޔައްޓާ ވިދާޅުވެފައިވާކަމަށް ބައިނަލް އަގުވާމީ ނޫސްތަކުގައިވެއެވެ.ސްޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވެފައިވަނީ ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށާއި އެކަމަށް ފިޔަވަޅުއަޅަންޖެހޭނެކަމަށް. އަދި އެއިންތިޚާބް ކާމިޔާބު ކާމިޔާބު ކުރިފަދައިން ދެން ބާއްވާ އިންތިޚާބެއްވެސް ކާމިޔާބު ކުރާނީ އޭނާ ކަމަށެވެ.ސްޕްރީމް ކޯޓުން މިގޮތަށް ނިންމުމާއި ގުޅިގެން ކެންޔާގެ ރައީސްއާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް އުފާފާޅުރަމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ