ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދާ ދިމާކޮށް ސޮނީ ސްޕޯޓްސް އިން ބާއްވާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މި އަހަރު ވެސް ފަށައިފި އެވެ.
ސޮނީ ސްޕޯޓްސް އިން ބުނި ގޮތުގައި މި އަހަރުގެ ޕްރޮމޯޝަން ކުރިއަށް ދާނީ ލޮނުޒިޔާރަތް މަގާއި އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރައިގަ އާއި މަޖީދީމަގުގައި ހުންނަ ބާޓާ ފިހާރައިގަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ސޮނީ ސްޕޯޓްސް އިން ގަންނަ ކޮންމެ ސްކޫލް ދަބަހަކަށާއި، އެކްޓިވިޓީ ހަރަކާތްތަކުގައި ބޭނުންކުރާ ބޫޓަކަށް އެއް އަހަރުގެ ވޮރެންޓީ ލިބޭނެ އެވެ. އަދި ބާޓާ އިން ގަންނަ ކޮންމެ ސްކޫލް ބޫޓަކަށް ވެސް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ.
"މި ތަކެއްޗަށް 12 މަހުގެ ވޮރެންޓީ މި ދެނީ. ހަލާކު ނުވެ މުޅި ސްކޫލް ސީޒަނުގައި ވެސް މި ތަކެތި ގެންގުޅެވޭނެކަމުގެ ޔަގީންކަށް ދިނުމުގެ ގޮތުން،" ސޮނީ ސްޕޯޓްސް އިން ބުންޏެވެ.
ސޮނީ ސްޕޯޓްސް އިން އަންނަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގައި ދަބަސް ވިއްކަމުންނެވެ. އޭގެ ތެރޭގައި އެޑިޑާސް، ނައިކީ، ރިޕް ކާލް، ރޮކްސީ އަދި ކުއިކް ސިލްވާ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި، އެޑިޑާސް އާއި ނައިކީ ބޫޓް ވިއްކަނީ ވެސް ސޮނީ ސްޕޯޓްސް އިންނެވެ.
އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރޭގައި ފެން އަޅާ ފުޅި އާއި ޕެންސިލް ކޭސް ފަދަ ތަކެތި ވެސް ސޮނީ ސްޕޯޓްސް އިން ލިބޭނެ އެވެ.
ސޮނީ ސްޕޯޓްސްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ