ސްކޫލް ގައިޑް: ލަވް ކެއާ: ކުދިންނަށް އަޅާލުމުގެ ހިދުމަތުގައި

ދިވެހިންގެ ގިނަ ބަޔަކަށް ޑޭ ކެއާއަކީ އާ ހިދުމަތެކެވެ. ވާނީވެސް އެހެންތާ އެވެ. އާދަވެފައި އޮންނަނީ، ބެލެނިވެރިން މަސައްކަތަށް ދާ ގަޑީގައި ދަރިން ބަލަން ބިދޭސީއަކު ގެންގުޅުމެވެ. ނުވަތަ މައިންބަފައިންނާ ހަވާލުކުރުމެވެ. ނަމަވެސް މިހާރު އެކަން މިދަނީ ބަދަލުވަމުންނެވެ.
"ލަވް ކެއާ" އަކީ މާލޭގައި ހިންގަމުން އަންނަ ޒަމާނީ ޑޭކެއާ ސެންޓަރެކެވެ. ނުވަތަ ބެލެނިވެރިން ބިޒީ ގަޑިތަކުގައި ކުދިން ބަލަހައްޓައިދޭ މަރުކަޒެކެވެ. މިތަން ހާއްސަވަނީ ކީއްވެ ހެއްޔެވެ؟ ވަރަށް ގިނަ ސަބަބުތައް އެބަ ހުއްޓެވެ.
ލަވް ކެއާގެ ކުދިންތަކެއް.
"މިތަނުން ކުއްޖާގެ ސޯޝަލް އެވެއާނަސް އެބަ އިތުރުކޮށްދޭ. އޭގެ ތެރެއިން އެހެން ކުދިންނާ ގުޅިގެން އުޅުމަށް ވެސް އެބަ ދަސްވެގެންދޭ. ހުރިހާ ޕެކޭޖެއްގައި ވެސް ކްރިއޭޓިވް އާޓްސް، ސްޓޯރީ ޓެލިން، މިއުޒިކް، ޑްރާމާ، ކުކިން، ސައިންސް، އިނގިރޭސި އާއި ދިވެހި ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރުން ގުރުއާން ކިޔަވަން ވެސް އެބަ ދަސްކޮށްދެން. އިންޑޯގެ އިތުރުން އައުޓްޑޯ ޕްރޮގްރާމްތައް ވެސް އޮންނާނެ،" އެ ސެންޓަރުގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
ލަވް ކެއާގައި އެއް އަހަރުން ފެށިގެން 11 އަހަރާ ދެމެދުގެ ކުދިން ގެންގުޅެ އެވެ. އަދި ޕެކޭޖްތައް ހަދާފައި ވަނީ މައިންބަފައިންނަށް ފަސޭހަވާނެ ގޮތަށް އިސްކަންދީގެންނެވެ. މާނަ އަކީ ކަނޑައެޅޭ ހާއްސަ ގަޑިއެއްގައި ނޫނަސް، ބެލެނިވެރިން ބިޒީވާ ވަގުތު ވެސް ލަވް ކެއާ އަށް ކުއްޖާ ގެންދިއުމުން ބަލަހައްޓާނެ ކަމެވެ.
މިތަނުގައި ކުޑަކުދިންނާ ގުޅޭ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ޓީވީ ރޫމަކާއި، ލައިބްރަރީ ކޯނަރަކާއި ޖާގަ ތަނަވަސް އިންޑޯ ޕްލޭ ގްރައުންޑަކާއި ބެޑްރޫމެއް ހުރެ އެވެ. ކުއްޖާ ނިދަން ބޭނުންވެއްޖެ ނަމަ، ހަމަޖެހިލައިގެން އަރާމުގައި ނިދާލެވޭނެ އެވެ.
ލަވް ކެއާ: މިއީ ޖާގަ ތަނަވަސް، ޒަމާނީ ތަނެއް.
ކުދިންގެ ސްކޫލް ގަޑި ކައިރި ވުމާ އެކު، ފެންވަރުވާ ތައްޔާރު ވެސް ކޮށްދެ އެވެ. އަދި ލަވް ކެއާގެ އިހުސާންތެރިކަމުގެ ތެރެއަށް ކުދިން ދޫކޮށްލާއިރު ކާންދޭން ބޭނުންވާ އެއްޗެއް ގެންދިއުމުން، ކުދިންނަށް އެ ދޭން ޖެހޭ ގަޑިއެއްގައި ކާން ވެސް ދޭނެ އެވެ.
ލަވް ކެއާ އިމް ބުނި ގޮތުގައި ކުޑަކުދިންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް، ވަރަށް ގާތުން އެތަނުން ފޯރުކޮށްދޭނެ އެވެ. ކޮންމެ މީހަކަށް ވެސް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ އަކީ ދަރިންނެވެ. ލަވް ކެއާގެ އިސް ވެރިޔަކު ވިދާޅުވީ ބެލެނިވެރިންނާއި ކުދިންގެ ހިތްހަމަޖެހުމަށް އެތަން ވަނީ އެންމެ ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ