މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން، ސަންގު ޓީވީ ޖޫރިމަނާކުރުމުން އެ ފައިސާ އެ ސްޓޭޝަނުން މިއަދު ދައްކައިފިއެވެ.
ސަންގު ޓީވީ ޖޫރިމަނާކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަތަކެއް ވަގުތުން ގެނެސްދެމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްތަފާ އަވަގުރާނަ ގޮވި ކަމަށް ބުނެއެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ވަނި ސަންގު ޓީވީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ސަންގުޓީވީން މިއަދު ބުނީ "ޖާޑިއެއްގެ ފައިސާ" ބްރޯޑްކާސްޓިން ކޮމިޝަނާއި އެ ސްޓޭޝަނުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި "ފައިސާ ޖާޑި"އަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެ ސްޓޭޝަނުން ވަނީ ޝުުކުރު އަދާކޮށްފައެވެ. ސަންގު ޓީވީ ޖޫރިމަނާ ކުރުމުން އެ ސްޓޭޝަނުން ވަނީ "ފައިސާ ޖާޑީ"ގެ ނަމުގައި ފަންޑެއްވެސް ހުޅުވާފައެވެ.
މިއީ އަބުރުގެ ގާނޫނުގެ ދަށުން ސަންގުޓީވީ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ. އަބުރު ގާނޫނުގެ ދަށުން މީގެ ކުރިން ރާއްޖެ ޓީވީ އާއި ވީޓީވީ ވަނީ ޖޫރިމަނާކޮށްފައެވެ.
ސަންގު ޓީވީން ޖޫރިމަނާ ފައިސާ ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ