މިއަދު މެންދުރު ސްކޫލް ނިންމާފައިދިޔަ ދަރުމަވަންތަ ސްކޫލު ފިރިހެން ކުއްޖެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ހަމަލާ ދީފައި ވަނީ ލިލީ މަގުން ހިނގާފައި ދަނިކޮށް މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ. ހަމަލާދީފައިވަނީ ބުރަކައްޓަށެވެ. އެ ކުއްޖާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ދަރުމަވަންތަ ސްކޫލް ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ