2018 ގެ ރިޔާސީ އިންތިޙާބުގައި ނަޝީދަށް ވާދަކުރެވޭނެ - މަވޯޓާ ޝަރީފު

ޔޫރަޕިއަން ޔޫނިއަން ޕާލަމެންޓް (އީޔޫ އިން) ރާއްޖެއާ ގުޅޭގޮތުން ފާސްކުރި ޤަރާރާއިއެކު 2018 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިލެއްވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.އިއްޔެ ހަވީރު މާލެގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އީޔޫގެ ޤަރާރުން އިދިކޮޅު ފަރާތްތަކަށް ކާމިޔާބީތަކެއް ލިބިގެން ހިނގައްޖެކަމަށެވެ.ޝަރީފު މިފަދައިން ވިދާޅުވިއިރު އީޔޫއިން ރާއްޖެއާއި ގުޅޭގޮތުން ފާސްކުރި ޤަރާރުގައި ސާފުކޮށް ބުނެފައިވަނީ މެޖޯރިޓީއަކަށް ބެލުމެއްނެތި ދީނީ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވެންޖެހޭކަމަށެވެ.އީޔޫގެ ޤަރާރުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ލިބުނީ ކޮން ކާމިޔާބީއެއްކަމެއް ޝަރީފު ފާހަގަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ