ތިލަދުންމައްޗާއި، ކޮޅުމަޑުލުން ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި، އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި

ތިލަދުންމައްޗާއި، ކޮޅުމަޑުލުން ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި، އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފިއެވެ.ޕީޕީއެމުން ދާދި ފަހުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ބޭއްވި ދެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި، ސަރުކާރަށް އޮތް ތާއީދު މިވަނީ ދައްކާލާފައެވެ. ޕީޕީއެމުން ހއ. އިހަވަންދޫގައި ބޮޑު ޖަލްސާއެއް ބޭއްވި އިރު، އިހަވަންދޫގައި ދާދި ފަހުން ވަނީ އިދިކޮޅު އެމްޑީޕީގެ ޖަލްސާއެއްވެސް ބާއްވާފައެވެ. މަދު މީސް ކޮޅަކާއެކު ބޭއްވި އެޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ އިހަވަންދޫގައި ޕީޕީއެމުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި ޖަލްސާއަށް ދާނެ ރައްޔިތަކު ވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ.  ނަމަވެސް އިހަވަންދޫއަކީ މީގެކުރިން އިދިކޮޅު އެމްޑީޕީގެ ފަނާކުރަނިވި ސިޔާސަތަށް ތާއީދުކުރި ރައްޔިތުންތަކެއް ދިރިއުޅުނު ރަށަކަށްް ވިޔަސް، ޕީޕީއެމުން ބޭއްވި ޖަލްސާއަށް އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ފޮނި ބައިސާ ކެނޑިނަމަވެސް އިހަވަންދޫ ރައްޔިތުންނާއި ތިލަދުންމަތިވެސް އޮތީ ރައީސް ޔާމީނާއެކުގައިކަން މިޖަލްސާއިން ހާމަވެއްޖެއެވެ. ޒަމާނުއްސުރެ ރާއްޖެއަށް ކުރިމަތިވަމުން ދިޔަ ބޭރުގެ ފިއްތުންތަކާ ދެކޮޅަށް ކަށިން ހިތްވަރު ނަގައިގެން ގައުމީ ޖިހާދަށް ނުކުންނަމުންދާ ތިލަދުންމަތީގެ ރައްޔިތުންގެ ވާހަކަތަކަށް ބަލާއިރު، އިސްލާމް ދީނާ ގައުމުގެ ހައްގުގައި މިއަދު ވެސް ތިލަދުންމަތީގެ ރައްޔިތުން ތިބީ ފުރާނައިން ގުރުބާން ވުމަށް ތައްޔާރަށެވެ. އެގޮތުން ބޮޑުތަކުރުފާނާއި ހުސައިން އާދަމް ފަދަ ހިތްވަރު ގަދަ އެތައް ދަރިންނެއް މިއަދު ވެސް ތިލަދުންމަތީގައި އެބަތިއްބެވެ. އިހަވަންދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާއިން ތިލަދުންމަތީގެ އިތުރުން އިހަވަންދޫއިން ސަރުކާރަށް އޮތް ތާއީދު ފެނި އިދިކޮޅު ފަރާތްތަކުގެ އަޑު މިހާރު މިވަނީ ކެނޑިފައެވެ. 
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްއާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު، ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ޕީޕީއެމުން މީގެ ދެދުވަސް ކުރިން ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި ޖަލްސާއިން ވެސް ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދުއޮތް މިންވަރު ވަނީ ހާމަވެފައެވެ. އެގޮތުން މެޑަމް ފާތުން ކޮޅުމަޑުލުގެ އަށް ރަށަކަށް ވަޑައިގެންނެވި އިރު، އެއިން ކޮންމެ ރަށަކުން ވެސް އެކަމަނާއަށް ވަނީ ފިނިފެންމަލުގެ ގުލްދަސްތާ ތަކުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރާއްޖޭގެ މަހާރެހެންދި ފާތުމަތު އިބްރާހީމަށް ކޮޅުމަޑުލުގެ ރަށްތަކުން ދެންނެވި މަރުހަބާއަކީ މީގެކުރިން ގައުމުގެ އެއްވެސް ރައީސެއްގެ އަނބިކަނބަލަކަށް ކިޔާފައިވާ މަރުހަބާއެއް ނޫނެވެ. މިއީ ހަމަ ޔަގީނުންވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް، ރައްޔިތުންގެ ހާލު ބައްލަވާ، އެރައްޔިތުންނާ މެދު ބަހައްޓަވާ ގާތްކަމާއި، އަދި ސަރުކާރުން ރައްޔިތުންގެ އަގު ވަޒަންކުރުމުގެ  ސަބަބުން ލިބިވަޑައިގެންފައިވާ ލޯތްބާއި ކުލުނުކަން ކަށަވަރެވެ. ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި ގަދަރު އެކަމަނާ ހޯއްދެވީ ރައްޔިތުންނަށް ލޯބި ދީގެންނެވެ. ބޮޑާކަމާ ކިބުރުވެރިކަމަކީ ރައްޔިތުން އެންމެ ފޫހިވާނެ ސިފައަކަށް ވީއިރު އެކަމަނާ ރައްޔިތުންނާ އެންމެ ގާތުން ބައްދަލު ކުރައްވާ ދިރިއުޅުމުގެ ހާލަތު ބެއްލެވީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ.  މިއީ އެކަމަނާގެ އިތުރުން ރައީސް ޔާމީނަށް ވެސް ރައްޔިތުންގެ ގަދަރާއި އިހުތިރާމާއި ތާއީދު ލިބިވަޑައިގެންނެވި ސަބަބެއް ވެސްމެއެވެ. ރައީސް ޔާމީނަށާއި މެޑަމް ފާތުމަތު އިބްރާހީމަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ޕީޕީއެމުގެ ޖަލްސާތަކުން މިދަނީ ފެންނަމުންނެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ ތެރެއިން ހަމައެކަނި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަދަދު އެއްތަނަކުން ފެނުމުން މި ހަގީގަތް ފޮރުވަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭ ވަރަށް ވުރެ ތިމާމެން ސިޔާސީ ގޮތުން ބަލިކަށިވެ ނިކަމެތިވެފައިވާ މިންވަރު އަމިއްލައަށް އިހުސާސް ކުރެވުމުން ހަގީގަތުގައި ލޮލުން ކަރުނައަޅާނެއެވެ. 
ޝަހީދާ އަބްދުﷲ ސައީދު
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ތިލަދުންމައްޗާއި، ކޮޅުމަޑުލުން ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި، އެމަނިކުފާނުގެ ސަރުކާރަ...
17 މިނެޓް ކުރިން
ދަމާސްއިން އިންޑިއާގެ މަޝްހޫރު ޕިޑިލައިޓް އިންޑަސްޓްރީގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފުކޮށްފި
5 ގަޑި ކުރިން
އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ އިޙްލާސްތެރިކަމެއް ނެތް: ޚަލީލް
7 ގަޑި ކުރިން
މެއި 16 އަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވެއްޖެނަމަ، 17 ވަނަ ދުވަހަކީ ބަންދު ދުވަހެއް- ސަރުކާރު
7 ގަޑި ކުރިން
މާލޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެއްވީ ރައީސް ޔާމީން- ފަލާހް
10 ގަޑި ކުރިން
ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އެކު ސިފައިންގެ އާއިލީ ހަވީރު ރަސްފަންނުގައި ބާއްވައިފި
10 ގަޑި ކުރިން
ތިލަދުންމައްޗާއި، ކޮޅުމަޑުލުން ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި، އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި
17 މިނެޓް ކުރިން
ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އެކު ސިފައިންގެ އާއިލީ ހަވީރު ރަސްފަންނުގައި ބާއްވައިފި
10 ގަޑި ކުރިން
ރައީސް ޔާމީންގެ ތަސައްވުރާއެކު، ތޮއްޖެހިފައިވާ މާލޭގެ މައްސަލަތަކަށް ހައްލެއް!
10 ގަޑި ކުރިން
އިސްރާއީލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި
10 ގަޑި ކުރިން
ފާއިތުވި ހަތަރުއަހަރު ދުވަހަކީ ސިޔާސީ ގޮތުން އެންމެ އުނދަގޫ ދުވަސްތައް: މިނިސްޓަރ ޒަމީރު
10 ގަޑި ކުރިން
މާލޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެއްވީ ރައީސް ޔާމީން- ފަލާހް
10 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ