ގޮއިފުޅަފެހެންދޫގެ ކަރަންޓު، ވިއުގާއަކުން ގުޅައިދޭނެ ބަޔަކު ހޯދަނީ

ބ.އަތޮޅުގައި ތަބައީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އެއް ފަޅެއްގައި އޮންނަ ގޮއިފުޅަފެހެންދޫ ގެ ކަރަންޓު، އެއް ވިއުގާއަކުން ގުޅައިލުމުގެ މަސައކަތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.
މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން ވަނީ މީގެ ކުރިންވެސް އިއުލާނު ކޮށްފަ އެވެ. އެކަމަށް ތަރުހީބު ނުލިބުމުން މިއަދު އަނެއްކާވެސް އެކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ތިން ރަށުގެ ކަރަންޓް އެއް ވިއުގާއަކުން ގުޅައިލަން ނިންމާފައި ވަނީ ގޮއިދޫގައި ސެންޓްރަލް ޕަވާ ހައުސް ނުވަތަ އިންޖީނުގެއެއް ބަހައްޓައިގެންނެވެ.
މި އިންޖީނުގެ އިމާރާތް ކުރުމާއި ތިން ރަށުގެ ކަރަންޓު ގުޅައިދޭން ޝައުގުވެރިވާ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހު 29 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެ އަދަދަށް ވާ ދިވެހި ފައިސާ ދައްކަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ