ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ކުރީގެ ރައީސް ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވާ އަދަދު ބޮޑުތަނުން މަދުވެފައި ވަނިކޮށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި ރެއިން ފެށިގެން މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާން ކޮށްފައިވާ ކަމަށެވެ.
ލަންކާގެ އެ ފިޔަވަޅަށް ތާޢީދު ކުރައްވާ މައުމޫން ވިދާޅުވީ، ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ، ކޮވިޑަށް ދެމުންދާ ވެކްސިންތައް ރާއްޖެ ގެނެސް ރާއްޖޭގެ މުޅި އާބާދީ އެއްކޮށް ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމް ސަރުކާރުން ފަށާ ވެކްސިނަށް ވަރަށް ބޮޑަށް ބަރޯސާވެ ބޮޑެތި ލުއިތަކެއް ދީފައި ވަނިކޮށެވެ.
އެގޮތުން، ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއިއެކު، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ދީފައިވާ ލުއިތައް ފާހަގަ ކޮށްލެވެއެވެ. ސަރުކާރުން ދިން ލުއިތަކާއިއެކު ކޮވިޑުގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ އެތައް ފަރާތްތަކަކަށް މިހާރުވަނީ އާމްދަނީ ހޯދަން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ފުރުޞަތު ލިބިފައެވެ.
ރާއްޖެއިން އިއްޔެވެސް ޕޮޒިޓިވްވެފައިވަނީ، ޖުމުލަ 95 މީހުންނެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި އަދަދު އުޅެނީ 24 ގައެވެ. އަދި ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 16 މީހަކަށެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ