ހުޅުމާލޭގެ ބޮޑު ސަހަރައްދަކުން ކަރަންޓް ކެނޑިއްޖެ

ހުޅުމާލޭގެ ބޮޑު ސަހަރައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވަނީ މިއަދު 10:00 ޖަހާކަންހާއިރުއެވެ.
ހުޅުމާލެއަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ގޮސްފައިވާ ކަމަށެވެ. އަދި ކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ