ޢީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް ޢާއިލާގެ މެދުގައި ކުލުނާ ލޯބި އިތުރުކޮށްދޭ މަތިވެރި ފުރުޞަތެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އުފާވެެރި އަޟްހާ ޢީދުގެ ތަހްނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންނަށް އަރިސްކުރުމަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވި މި އުފާވެރި ފުރުޞަތުގައި އަޅުގަނޑުމެން އިސްކަންދޭންވާނީ ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ކަމަށެވެ.
މީގެ އިތުރުން ޢީދުގެ އުފަލުގައި މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރުން ކުރިޔަށް ގެންދިއުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި އެންމެންގެ މެދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް ޝުކުރުން ހިތް ފުރޭ ޚިދުމަތެއް: ގާސިމް އިބްރާހިމް ގާސިމް ޖޭޕީގެ ލީޑަރަކަށް އިންތިހާބުވިކަން އިއުލާނު ކޮށްފި ރައްޔިތުންނަށް ވެރިކަމުގެ ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމަކުން: ޤާސިމް ގާސިމްގެ އާއިލާއަށް ލިބެންޖެހޭ ހަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ