ހެނބަދޫ އިހްތިޞާޞްގެ ތެރެއަށް މުޅި ކަފަކޮމަންޑޫ، މަރުހަބާ!

ނ. ހެނބަދޫގެ އިހްތިޞާޞްގެ ތެރޭ ޖެހިގެން އޮތް ނ. ކަފަކޮމަންޑޫގެ އެއްބައި ހިމެނޭތީ އެ ރަށް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ.
ހެނބަދޫގެ އިހްތިޞާޞްގެ ތެރެއަށް ކަފަކޮމަންޑޫގެ އެއްބައި އަރާފައިވާތީ އެ ރަށް އެއްކޮށް ހޯދުމަށް އެ ރަށުގެ ކައުންސިލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދަންނަވައިފައެވެ. އެއާއެކު ރައީސް އޮފީހުން ކަފަކޮމަންޑޫގެ މައްސަލަ ހައްލުކޮށްދެއްވިކަން ހާމަކޮށް ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރަށް އެޑްރެސްކޮށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓޭރިއެޓް އަހްމަދު ހަމްދާން ސޮއިކޮށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.
އެގޮތުން ދިވެހިރާއްޖޭހެ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިހްތިޞާޞް ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ވަކި ފަޅެއްގައި އޮންނަ ފަޅު ރަށެއް ނުވަތަ ފަޅު ރަށެއްގެ ބައެއް ނަމަވެސް ރަށު ކައުންސިލެއްގެ އިހްތިޞާޞްގައި ހިމެނޭ ނަމަ އެ ކައުންސިލެއްގެ އިހްތިޞާޞްގައި އެ ފަޅު ރަށެއް ހިމެނޭނެކަމަށް ކަނޑައެޅުމަށް ވަނީ ބަޔާންކޮށްފައެވެ.
Advertisement
ވުމާއެކު މި އިސްލާހުގެ ދަށުން ރައީސް ސޯލިހް ގަރާރު ކުރައްވާފައިވާ ގޮތުން ކަފަކޮމަންޑޫ އަކީ ހެނބަދޫގެ އިހްތިޞާޞްގައި ހިމެނޭ ރަށެއް ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ކައުންސިލަށް ރައީސް އޮފީހުން މި މަހުގެ ހަތްވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ