ދެ މޫނުގެވެރި އަޒާން: އިއްޔެ ވިދާޅުވީ އެއްވެސް ހިފެހެއްޓުމެއްނެތި މައުލޫމާތު ހާމަކުރަން ޖެހޭނެކަމަށް, މަޖިލީހަށް ވަދެވުމުން އަމަލުން ދައްކަމުން ދަނީ މުނާފިގުކަން!

ނޫސްވެރިއްގެ ލޭބަލް ޖަހައިގެން, އެއްވެސް ހިފެހެއްޓުމެއްނެތި މައުލޫމާތު ހަމަކުރުމަށް ގޮވާލަމުންދިޔަ, މިހާރުގެ މަޖިލިސް މެމްބަރު އަހުމަދު އަޒާން, ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންގެ އަދަދު ސިއްރު ކުރުމަށް ތާއީދުކޮށް މިއަދު ވޯޓު ދެއްވައިފިއެވެ.
ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް، ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އިއްޔެ ވޯޓު ދެއްވިއިރު, އޭނާއަށް މަޖިލިހަށް ވަޑައިގެންނެވުމުގެ ކުރިން މަސައްކަތް ކުރައްވާފައިވަނީ ނޫސްވެރިއެއްގެ ތޮފި އަޅުއްވައިގެންނެވެ.
އޭރު މުޅިންވެސް އޭނާ ވަކާލާތު ކުރައްވަމުން ގެންދަވާފައިވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ހުރިހާ މައުލޫމާތެއްވެސް ސަރުކާރުތަކުން ހާމަކުރަން ޖެހޭނެ ކަމަށާއި, އެއްވެސް މައުލޫމާތެއް ސިއްރު ނުކުރެވޭނެ ކަމަށް ވިދާޅުވެއެވެ. އަދި އޭނާވަނީ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކުރަންޖެހޭނެކަމަށް ވިދާޅުވެ ކޯޓުތަކަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ.
އަދި އޭރު އޭނާވަނީ, ބޭރު ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ދިފާއީ ލިޔެކިޔުންތަކުގެ މައުލޫމާތު ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދުމުން އެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންގޮސްފަ އެވެ.
އެހެންނަމަވެސް, ސިޔާސީ މަގާމްތަކުގަ ތިބި މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ގޮވާލާ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް މަޖިލީހުގައި ވޯޓު ދިނުމަށްފަހު އޭނާ ވިދާޅުވެފައިވަނީ, އެމްޑީޕީގެ ހުށަހެޅީ ބޭކާރު މައްސަލައެއް ކަމަށާއި, އެއީ ވަގުތު ބޭކާރު ކުރުން ކަމުގައެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ދިފާއީ ލިޔެކިޔުންތަކުގެ މައުލޫމާތު ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދުމުން އެ މައްސަލަ އޭރު ސުޕްރިމް ކޯޓަށް ހުށަހެޅުއްވުމަށްފަހު, މިހާރު އޭނާ ހުންނެވީ މިސަރުކާރުން ސިއްރު ކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ސިއްރު ކޮށްފައި އޮތް އޮތުން އެއީ ނުހިނގާ ކަމަކަށް ހައްދަވައިގެންނެވެ.
މީގެ ކުރިން ނޫސްވެރިއެއްގެ ތޮފި އަޅުއްވައިގެން ސިޔާސީ ޑްރާމާ ކުއްޅުއްވަމުން ގެންދެވި އަޒާން ރައްޔިތުންގެ މަޖިލީހަށް ވެންނެވުމަށްފަހުވެސް އޭނާގެ ކިބައިން ފެންނަމުންދަނީ ބަހާއި އަމަލާއި ދިމާނުވެ, މުނާފިގުކަމުގެ ސިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ