ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ހުކުމް ކުރުން، ބުރާސްފަތި ދުވަހު މެންދުރަށް ތާވަލު ކޮށްފައިވާ ކަމަށް ދާދި ދެންމެއަކު ހައިކޯޓުން ބުނެފިއެވެ. 
އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައެވެ. 
އެ ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާދުކޮށްފަ އެވެ. ރައީސް ޔާމިނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ. އެހެން ނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އޭޕްރިލް މަހުގައެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ އެ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އެފަހުން މިހާރު މައްސަލައިގެ ހުކުމް ކުރުމާއި ހަމައަށް އައިސްފައިވާއިރު، ހުކުމް ކުރަން ތާވަލް ކޮށްފައި މިވަނީ މައްސަލަ ލަސްވެގެން ޔާމިންގެ ވަކީލުންގެ ކަންބޮޑުވުން ފާޅުކުރައްވަމުންދަނިކޮށްކަން ފާހަގަކޮށްލަންޖެހެއެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމް އިއްވި ނަމަވެސް ޔާމީން މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ރައީސް މުއިއްޒުގެ އެދިލެއްވުމަށް ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. އެހެން ނަމަވެސް އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ