ކެމްޕެއިނަށް ހުޅުމާލޭ ގައި ދެމި ބެނާތަކާ ޕޯސްޓަރުތައް ނަގަން އަންގައިފި

ކެމްޕެއިނަށް ހުޅުމާލޭ ގައި ވަރަށް ގިނަ ޕޯސްޓަރުތަކާއި ބެނާތައް ދެމި އެވެ. އެޗްޑީސީން ވަނީ ހަފްތާއެއްގެ ތެރޭގައި ހުރިހާ ސާމާނެއް ނެގުމަށް އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލޭ ގައި ދެމި ބެނާތަކާ ޕޯސްޓަރުތައް ނަގަން އަންގައިފި އެވެ.
ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން ބުނީ ކެމްޕެއިނަށް ހާއްސަކޮށް ބެނާތަކާއި ފޮތިތައް ދެމުމަށް ހުއްދަ ދިން ނަމަވެސް އެކަމުން މަގު ބޭނުން ކުރާ އެތައް ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަަމަށެވެ. މަޖިލީސް އިންތިހާބު ނިމިފައިވާތީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަފްތާއެެއް ދުވަހުގެ ތެރޭގައި ހުރިހާ ބެނާތަކާއި ޕޯސްޓަރުތައް އަދި ކެމްޕެއިނަށް ދެމި އެހެން މެޓީރިއަލްތައް ނެގުމަށް ވަނީ އަންގާފައެވެ.ކެމްޕެއިނަށް ހުޅުމާލޭ ގައި ވަރަށް ގިނަ ޕޯސްޓަރުތަކާއި ބެނާތައް ދެމި އެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުން ދެމި ބެނާތަކާއި ކެމްޕެއިން ޕޯސްޓަރުތައް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ނަގަން ޖެހޭނެ އެވެ. އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ބެހެއްޓި ތަންތަން އެ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނަށް ލާޒިމް ކަމެކެވެ.މި މަހުގެ 21 ވަނަ ދުވަހު އޮތް އިންތިހާބުގެ ނަތީޖާ އޭގެ ހަތަރު ދުވަސް ފަހުން -- އޭޕްރީލް 25 ވަނަ ދުވަހު ވަނީ އިއުލާނު ކޮށްފައެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރީން ވެސް ބައެއް ކެންޑިޑޭޓުން ވަނީ އެ މީހުންގެ ކެމްޕެއިން މެޓީރިއަލްތައް މަގުތަކުން ނަގާފައެވެ. ނަމަވެސް އަދިވެސް ބައެއް ކެންޑިޑޭޓުންގެ ބޮޑެތި ފޮޓޯތަކާއި ކެމްޕެއިނަށް ދެމި ބެނާތަކާއި ދިދަތައް އެބަ ހުއްޓެވެ.އޭގެ ކުރީން އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނަށް ކެންޑިޑޭޓުން ބޭނުން ކުރި ބައެއް ކެމްޕެއިން މެރީއަލްތައް އަދިވެސް ނުނަގާ އެބަ ހުއްޓެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ