ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލްކޮށްފި

ޝަކުވާތަކާއި ގުޅިގެން ބެލި ބެލުމުން ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެތައް ބަޔަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.
ވިނަރެސް އެޕާޓްމަންޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލި ފުރުސަތުގައި ހުށައެޅި ހުރިހާ ފޯމްތަކެއް ބާތިލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ގަތުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.އެޗްޑީސީން މިއަދު ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލި ފުރުސަތު ގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ އެތައް ބަޔަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ގެއްލުމުން ގިނަ ޝަކުވާތަކެއް ލިބުނު ކަމަށެވެ. އެ ޝަކުވާތަކާއި ގުޅިގެން ބެލި ބެލުމުން ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެތައް ބަޔަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.ފޯމްތައް ބާތިލުކުރީ އެ ސަބަބާއި ގުޅިގެން ކަމަށް ވެސް ބުންޏެވެ.އެޗްޑީސީން ބުނީ އެ ކުންފުނިން މިހާރު ނިންމާފައިވަނީ ފްލެޓްތަކަށް އިތުރަށް ހުޅުވާ ނުލުމަށެވެ. އަދި އެ ފްލެޓްތައް އެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާ ނަމަވެސް މަޝްރޫއު ހުއްޓުމުން އެޕާޓްމަންޓް ނުލިބި ތިބި މީހުންނަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން 123 ފްލެޓެއް ވިއްކަން ނޮވެންބަރު ފަސް ވަނަ ދުވަހު ހުޅުވާލި އެވެ. ފްލެޓްތައް ވިއްކަން ހުޅުވާލިތާ ބައިގަޑިއިރު ތެރޭ ވިކިއްޖެ ކަމަށް އޭރު އެޗްޑީސީގެ ނަން ބަދަލުކޮށް އާބަންކޯ ނަމުގައި ހިންގި ކުންފުނިން ބުންޏެވެ. އެކަމަކު ފްލެޓް ގަންނަން ބޭނުންވި ވަރަށް ގިނަ ބަޔަކަށް އެ ވަގުތުގައި ޕޯޓަލްއަށް ނުވަދެވި ފޯމު ހުށަހެޅޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ ވަރަށް ގިނަ މީހުން އެކަމުގެ ޝަކުވާ ކޮށްފައިވެ އެވެ. އެ ޝަކުވާތަކާއި ގުޅިގެން އެ މަސައްކަތް އޮތީ މިހާތަނަށް މަޑުޖައްސާލާ ފައެވެ.ވިނަރެސް ފްލެޓްތަކަކީ ހިޔާ މަޝްރޫއުގެ ތެރެއިން އާބަންކޯ އިން ހިންގި، އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ފްލެޓް މަޝްރޫއު އެކެވެ. އެ މަޝްރޫއުގެ ދަށުން 10 ޓަވަރު އަޅާފައިވެ އެވެ. ވިނަރެސްއަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިޔާގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައެކެވެ.ވިނަރެސް ފްލެޓްތަކުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ