ބޭސްލިބުމުގައި އެންމެ ދަތިވަނީ ބޭހުގެ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވާތީ: އާސަންދަ

އާސަންދަ ނިޒާމްތެރެގެއިން ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، ބޭސް ލިބުމުގައި އަދި ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ބޭހެއްގެ، އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުން ކަމަށެވެ.
އެގޮތުން އާސަންދަ ދެނީ ރަޖިސްޓްރީވެފައިވާ ބްރޭންޑްތަކުގެ ބޭހަށް ކަމަށް ފާހަގަކުރައްވަމުން ޒީނިޔާ ވިދާޅުވީ، ބޭހުގެ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވާ ކަމަށާއި، އަދި ބްރޭންޑްތައް ބަދަލުވީމާ ވާގޮތަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބްރޭންޑަކަށް ނުވީމާ އާސަންދަ ނުލިބޭކަމަށެވެ.
"މި ވާ ގޮތަކީ ބޭސް ސިޓީ ހިފައިގެން ދިޔައީމާ މި ބުނަނީ ތި ބޭހެއް އާސަންދައަކުން ދޫކުރެވޭކަށް ނެތޭ. ބަލައިލާއިރު މި އިންނަނީ، މި ބޭހެއް ނީނދެ އަޅުގަނޑުމެންނާ އެކު އެ މީހުންގެ ރެޖިސްޓާ ވެފައި އިން ލިސްޓަށް ލާފައެއް. އެ ފާމަސީއެއްގެ ވެސް ޒިންމާއެއް އެއީ އެ އެއްޗެހިތައް ސްކީމްގެ ތެރެއިން ޕްރޮވައިޑްކޮށްދިނުމަށް ލިސްޓަށް ލުން އަސްލު އެ އަގުތަކާއެކޮށް ލާންޖެހޭނީ. ބްރޭންޑް އެހާ އަވަހަށް ބަދަލުވާއިރުގައި އޭގެ އެއްވެސް ކޮންޓްރޯލެއް ނެތް،" ޒީނިޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ