ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ ދައުވާގެ މައްސަލައަށް ނުފޫޒް ފޯރުވި މީހުންގެ މައްސަލަ ތަހުގީގު ކުރުން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީޙުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެނސްސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު ޝަރީފް ވިދާޅުވީ ހައިލަމް ނެރުއްވި ބަޔާނާ ގުޅިގެން ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހޯދަން ތަހުގީގު އަވަސްކުރަންޖެހޭ ކަމަށާއި އަދި މިފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ފުލުހުން އިސްވެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ކަންކަން ހިނގަމުން ދަނީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 141 ވަނަ މާއްދާއާއި، 142 ވަނަ މާއްދާގެ ބާރު ޖެނޑިގެންދާ ގޮތަށް ކަމަށެވެ.
ގާނޫނުއަސާސީގެ 42 ވަނަ މާއްދާއަކީ އަދުލުވެރި ކަމާއި ހަމަހަމަ ކަމާއިއެކު ޝަރީޢަތް ކުރުމުގެ ވާހަކަ ބައްޔާން ކޮށްފައިވާ މާއްދާއެވެ. އަދި 141 ވަނަ މާއްދާއަކީ އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރުގެ ވާހަކަ ބަޔާން ކުރާ މާއްދާއެވެ. 142 ވަނަ މާއްދާއަކީ ގާނޫނާ އެއްގޮތަށް ކަންކަން ކުރުމުގެ ވާހަކަތައް ބަޔާން ކޮށްފައިވާ މާއްދާއެވެ.
ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި މީހުންގެ ތަހުގީގު އަވަސްކުރަން ޖެހޭ: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ