ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި ކަމަށް "މި" ނޫހަށް އެނގިފައިވެއެވެ. އަވަހާރަވީ ފަރުވާއަށް މެލޭޝިޔާގައި ހުންނަވަނިކޮށެވެ. މީގެ ކުރީން ދުބާއީގައިވެސް ކެންސަރަށް ފަރުވާ ހޯއްދަވާފައިވެއެވެ.
ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވެއްޖެ އެވެ.
ރިޒާ އަވަހާރަވީ ގޮހޮރުގެ ކެންސަރުގެ އާލާސްކަންފުޅުގައި ކަމަށް "މި" ނޫހަށް އެނގިފައިވެއެވެ. އަވަހާރަވީ ފަރުވާއަށް މެލޭޝިޔާގައި ހުންނަވަނިކޮށެވެ. މީގެ ކުރީން ދުބާއީގައިވެސް ކެންސަރަށް ފަރުވާ ހޯއްދަވާފައިވެއެވެ.ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.މި ދައުރަށް ގުރައިދޫ ދާއިރާގެ މެންބަރަކަށް ހޮވިވަޑައިގެންނެވިއިރު އޭގެ ކުރީން ހިނގި 18 އަދި 17 ވަނަ މަޖިލީހުގައިވެސް އެ ދާއިރާގެ ގޮޑި ފުުރުއްވީ ރިޒާ އެވެ. މި ހިނގާ 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން މެއި 28، 2019 ގައި މެންބަރު ކަމުގެ ހުވާ ކުރެއްވި ނަމަވެސް ރިޒާ، މެންބަރު ކަމުގެ ހުވާ ކުރެއްވީ ޖޫން 10، 2019 ގައެވެ.ހުވާ ކުރެއްވުން ފަސްކުރައްވަން ޖެހިވަޑައިގަތީ އެ ދުވަހު ރާއްޖޭގައި ނެތުމުންނެވެ. އޭރު ރިޒާ ހުންނެވީ އުމްރާގެ އަޅުކަމުގައި ސައުދީގައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަންވެސް ކުރީން ކުރެއްވި ރިޒާ ވަނީ އެ ކޮމިޝަންގެ ނާއިބު ރައީސްކަންވެސް ކުރައްވާފައެވެ. ނަމަވެސް ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕާޓީން ވަނީ ރިޒާ މަގާމުން ވަކިކުރަން ހުށައަޅާފައެވެ. އެއީ އޮކްޓޫބަރު 31، 2018 ގައެވެ.އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ވައިކަރަދޫ ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. ރިޒާ ވަނީ އޭނާގެ މައްޗަށް ކުރައްވަނީ އެއްވެސް އަސްލެއް ނެތް އަދި ގާނޫނީ އަސާސެއް ނެތް ހަގީގަތާއި ހިލާފު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.ނަމަވެސް ނޮވެންބަރު 12، 2018 ގައި މަޖިލީހުގެ ނެގުނު ވޯޓްގައި 42 މެންބަރުންގެ ވޯޓުން ރިޒާ ވަނީ މަގާމުން ދުރުކޮށްފައެވެ. ރިޒާއަކީ ކުޅަދާނަ ގާނޫނީ ވަކީލެކެވެ. ވަރަށް ގިނަ މައްސަލަތަކުގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވާ ކާމިޔާބު ކުރައްވާފައިވެއެވެ.ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރެކެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ އެވެ. އެ އިންތިހާބު މާދަމާއިން ފެށިގެން 60 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ.
ރިޒާގެ ކުރީން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދުވެސް ވަނީ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަވެފައެވެ. ހުސައިންވެސް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައެވެ.އެއީ ޑިސެންބަރު 14، 2021 ގައެވެ. އަވަހާރަވީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އެރޭ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ހުސައިންވެސް ވަނީ ދުބާއީގައި ކެންސަރަށް ފަރުވާ ހޯއްދަވާފައެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ބައެއްގައިވެސް ފަރުވާއަށް ވަރަށް ދިގު މުއްދަތެއްގައި ރާއްޖެއިން ބޭރުގައި ހުންނެވިއެވެ.ހުސައިންވެސް ވަނީ ވަހީދު 17 ވަނަ މަޖިލީހަށްވެސް އިންތިހާބުވެވަޑައިގެން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެވެ. ށ. ފޯކައިދޫއަަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ހުސައިން ވަހީދަކީ ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ