އިމްރާން ހާން މިނިވަން ކުރެއްވުމަށް ސްޕްރީމު ކޯޓުން އަމުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށާއި، ވަގުތުން މިނިވަން ކުރެއްވުމަށް އެގައުމުގެ ސްޕްރީމު ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު އިސްލާމްއާބާދުގައި ހުންނަ ކޯޓުގައި ތާވަލުކޮށްފައިވާ ޝަރީއަތަށް ވަޑައިގެންނެވުމުން އިމްރާން ހާން ހައްޔަރުކޮށްފައިވަނީ ކޯޓު ރޫމުގެ ދޮރުތައް ހަލާކުކޮށް ބިއްލޫރިތައް ތަޅާލައިގެން ވަދެ ރައިޓް ގިއަރުގައި ތިބި ޕެރެމިލިޓަރީ ފޯސަސްގެ ބައެކެވެ.
އިތުބާރުނެތްކަމުގެ ވޯޓަކުން އޭޕްރީލް 2022 ގައި ބޮޑުވަޒީރުކަމުން ދުރުކުރި އިމްރާން ހާނަށް ސަރުކާރުން އަންނަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ. އެހެންނަމަވެސް އިމްރާން ގެންދަވަނީ ޕާކިސްތާނުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުއްލަވާ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް މިއަދު އިމްރާން ހާޒިރުކުރުން، އިމްރާންގެ ޤާނޫނީ ވަކީލުން އެދުނު ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އިމްރާން ހައްޔަރުކުރީ ޤާނޫނާ ހިލާފަށް ކަމަށެވެ. ސްޕްރީމް ކޯޓަށް އިމްރާން ހާޒިރު ކުރައްވާ އުއްތަމަ ފަނޑިޔާރު، އުމަރު އަތާ ބަންޑިއަލް ވިދާޅުވީ އިމްރާހް ހާން ހައްޔަރުކުރުމުގެ ހުރިހާ މަރުހަލާއެއް ހިނގީ ގޯސްކޮށް ކަމަށާއި، އެކަން އަލުން ހަމަމަގަށް އަޅުވަން ޖެހޭ ކަމަށެވެ. އަދި އިމްރާން ހާން މިހާރު ހުންނަވާނީ ސުޕްރީމު ކޯޓުގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ.
އިމްރާން ހާނަށް ކޯޓުގައި ވާހަކަދައްކަން ފުރުސަތު ލިބިވަޑައިގެންނެވުން ވިދާޅުވީ އަންގާރަ ދުވަހު ބަޔަކު އޭނާ "ރަހީނުކޮށް، ދަނޑިބުރިތަކުން ތެޅި" ކަމަށެވެ.
އިމްރާން ހާން ނިސްބަތްވާ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކް އީ އިންސާފް (ޕީޓީއައި) އިން ބުނީ އިމްރާން ހާން ހައްޔަރުކުރުމަކީ ސިޔާސީ ކަމެއް ކަމަށެވެ.
އިމްރާން ހައްޔަރުކުރުމާއި ގުޅިގެން ޕާކިސްތާނު ވަނީ ހަމަޖެހުން ގެއްލި ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. އެކި ސިޓީތަކުގައި އިމްރާން ހާންގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދާއިރު މިހާތަނަށް 10 މީހުން މަރުވެ 2000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، އިމްރާން ހާނަކީ 2018 އިން 2022 އަށް ޕާކިސްތާނުގެ ވެރިކަން ކުރެއްވި އެގައުމުގެ 22 ވަނަ ބޮޑުވަޒީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ