ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މިއަދު މެންދުރާ ހަމައަށް 1097 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުންދީން ސްކޫލުގައި ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ. ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދާއިރާ އިން ވޯޓުލުމުގެ ހައްގު 3،423 މީހަކަށް ލިބިފައިވާ ކަމަށާއި މިހާތަނަށް އޭގެ ތެރެއިން ވޯޓުލާފައި ވަނީ 1097 މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ.
މެންދުރު ބާރަ ޖެހުމާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67.95 ޕަސެންޓް މީހުން އަދި ވޯޓު ނުލަ އެވެ.
Guraidhoo dhaairaage inthihab: Votelun fashaifi
The most trusted news source in the Maldives
Mihaaru
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު، ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
އެ ދާއިރާއަށް ތިން ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: މިހާތަނަށް ވޯޓުލީ 1100 އެއްހާ މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ