ފައިނޭންސް ފޯރަމް ހޯމަ ދުވަހު، ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފި

ޕެންޝަން އޮފީހުގެ ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާތަކުގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން މީގެ 11 އަހަރު ކުރީން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ފޯރަމެކެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން ހަމަޖައްސައި އިއުލާނު ކޮށްފި އެވެ.  
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) އިން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމް ތާވާލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ. ފޯރަމް ބާއްވަނީ މާލޭން ބޭރު، ކުރުނބާ މޯލްޑިވްސްގަ އެވެ. މި އަހަރު ފައިނޭންސް ފޯރަމް ބާއްވަނީ "ދަ ފިއުޗާ އޮފް ފައިނޭންސް އެކްސްޕްލޯރިން ދަ އިންޓެކްޝަން އޮފް ފައިނޭންޝިއަލް ޓެކްނޮލޮޖީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް" / ފިންޓެކް އަދި އޭއައި ތީމްގަ އެވެ. ފިންޓެކަކީ ފައިނޭންޝަލް ޓެކްނޮލޮޖީސް އެވެ. އޭއައި އަކީ އާޓިފިޝަލް އިންޓެލިޖެންސެވެ. އެ ތީމްގައި ކީނޯޓް ސްޕީކަރުން ޕްރެޒެންޓޭޝަން ދޭނެ އެވެ. މޭ 29، 2023: މޯލްޑިވްސް ފައިނޭންސް ފޯރަމްގެ އެޖެންޑާ 
ހޯމަ ދުވަހު ފަށާ ފައިނޭންސް ފޯރަމްގައި ފިންޓެކް އަދި އޭއައި ގެ ސަބަބުން މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ މެދު މަޝްވަރާ ކުރާނެ އިރު މާލީ ހިދުމަތްތައް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ޕްރެޒެންޓޭޝަަންތައް ހުށަހަޅާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ