މެކްސިކޯގެ ޑިޓެންޝަން ފެސިލިޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 39 މީހުން މަރުވެއްޖެ

މެކްސިކޯގެ ޑިޓެންޝަން ފެސިލިޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 39 މީހުން މަރުވެއްޖެއެވެ.
ޓެކްސަސްގެ އެލް ޕާސޯއިން ބޯޑަރު ހުރަސްކޮށް ހުންނަ ސިއުޑާޑް ޖުއަރޭޒްގެ ފެސިލިޓީއެއްގައި ހިނގި މި އަލިފާނުގެ ހާދިސާ އަކީ  އެގައުމުގެ ތާރީހުގައި ވެސް އިމިގްރޭޝަން ލޮކަޕެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
މެކްސިކޯގެ ނޭޝަނަލް އިމިގްރޭޝަން އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި 39 މީހުން މަރުވެ، ޒަހަމްވި 29 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އެ ފެސިލިޓީގައި ސެންޓްރަލް އަދި ސައުތު އެމެރިކާގެ އުމުރުން ދުވަސްވީ 68 ފިރިހެނުން ތިބި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ އެމެރިކާއަށް ދިޔުމަށް ޑިޓެންޝަން ސެންޓަރުގައި ތިބި ވެނެޒުއެލާގެ ރައްޔިތުން ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. ސިއުދާދު ޖުއާރޭޒްގެ މަރުކަޒުގައި އަލިފާން ރޯވެފައިވަނީ އެގައުމުގެ ގަޑިން 22:00 ހާއިރުއެވެ.
ނުރައްކާތެރި މި ހާދިސާއާއި ގުޅިގެން މެކްސިކޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން އިންކުއަރީއެއް ފަށާފައިވާއިރު، އެތަނުގައި އިންވެސްޓިގޭޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ