ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެން، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީގައި 800 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީ އިން މިއަދު ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓާސް ލިސްޓް އެމެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކޮށްފައެވެ.
އެޕާޓީން ބުނީ އެ ޕްރައިމަރީގައި ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
އެމްޑީޕީ އިން ބުނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 11 މާޗް 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައެވެ. އެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފޯމު ބަލައިގަންނަމުން ދާނެ ކަމަށް އީސީ އިން ބުންޏެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އީސީ އިން ނިންމީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ އަވާހަރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ.
އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 800އަށްވުރެ ގިނަ މީހުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ