މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ފ. އަތޮޅުން ފެށިގެން އައްޑޫގެ ނިޔަލަށެވެ. އެއަތޮޅު ތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 3:00 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Advertisement
އަދި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ