އަޅުގަނޑަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް: ގާސިމް

ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާ އަކީ އިސްލާހަށް މަސައްކަތް ކުރައްވާ މީހެއް ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކި ޕްލެޓްފޯމު ތަކުގައި ވާހަކަދައްކަވަމުން އެކި މީހުން އޭނާ އަކީ ސިޔާސީ މީހެއް ކަމަށް ބުނާކަމަށެވެ. ގާސިމް ހާމަކުރައްވާފައިވާ ގޮތުގައި އެއްވެސް އިރަކު އޭނާ އަކީ ސިޔާސީ މީހެއް ނޫންކަމަށާއި ނަމަވެސް އޭނާއަކީ އިސްލާހަށް އަބަދުވެސް މަސައްކަތް ކުރައްވަމުން އައި މީހެކެވެ.
ސިޔާސީ ގޮތުން ކުރި ހޯއްދަވައިގެން ވަޑައިގަންނަވަން ބޭނުން ނުވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް ގާސިމް ހާމަކޮށްފައެއް ނުވެއެވެ.
ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ހޯދުމަކީ އެނާގެ ”ލެގަސީ“އެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
އިސްލާހީ މަސައްކަތް ކުރުމަށް ރާއްޖޭގައި އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވައި, އަދި ހޯއްދަވަން ޖެހުނު މަގާމުތަކެއް ހޯއްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ