މަޑިހާ އުފަންވެލިން ކުކުޅުގެ ބާވަތްތައް އަގުހެޔޮކޮށްފި މަޑިހާ އުފަންވެލިން ކުކުޅުގެ ބާވަތްތައް އަގުހެޔޮކޮށްފި

ރާއްޖޭގައި ފެންވަރު ރަނގަޅު މޭވާ، ތަރުކާރީ އަދި ތަފާތު މީޓްތަކުގެ ވިޔަފާރިކުރާ މަޑިހާ އުފަންވެލި ފިހާރައިން ކުކުޅުގެ އެކި ބާވަތްތައް އަގުހެޔޮކޮށްފި އެވެ.
މަޑިހާއިން ބުނީ ޖުލައި 1، ގައި ފެށި އެ ޕްރޮމޯޝަން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށާއި ސްޓޮކް ހުސްވަންދެން ހެޔޮ އަގެއްގައި އެންމެންނަށް ތަކެތި ލިބޭނެ ކަމަށެވެ.
މަޑިހާ ކުންފުނީގެ އޮޕަަރޭޝަންސް މެނޭޖަރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެންމެ އިތުބާރުހުރި މަސްދަރުތަކުން ކޮންމެ ބެޗެއް އަމިއްލައަށް ބަލައި، ހިޔާރު ކުރަނީ ފެންވަރަށް ބަލާފައި ކަމަށެވެ.
މީގެ އިތުރުން ޖޭސްމިން ދެ ކިލޯގެ ހަނޑޫ 32ރ. އަށް އަގުހެޔޮ ކޮށްފައިވާއިރު، ހޯލްސޭލްކޮށް އޭގެ 10 ޕެކެޓްގެ ކޭހެއް 302ރ. އަށް ވަނީ އަގުހެޔޮކޮށްފަ އެވެ. އަދި ސްޓިކީ ރައިސް ދެ ކިލޯ 30ރ. އަށް ކުޑަ ކޮށްފައިވާއިރު، 10 ޕެކެޓްގެ ކޭހެއް 280ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
އެ ޕްރޮމޯޝަނުގެ އަމާޒަކީ ހަމައެކަނި ވިޔަފާރި ކުރުމަށްވުރެ، ގޭބިސީތަކަށް ފެންވަރު ރަނގަޅު، ތާޒާ ކާނާ ފޯރުކޮށްދިނުން ކަމަށް މަޑިހާއިން ބުންޏެވެ.
ޕްރޮމޯޝަންގެ ބޭނުން ހިފައި ޑިސްކައުންޓު ރޭޓުގައި ކާބޯތަކެތި ގަންނަން އުފަންވެލީގެ ފިހާރަތަކަށް ޒިޔާރަތް ކުރުމަށް މަޑިހާއިން އެދެ އެވެ.
ރާއްޖޭގައި ވިޔަފާރިކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މަޑިހާ އުފަންވެލީގެ ފަސް ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ