މޫސުން ގޯސްވެ ކަނޑުތައް ގަދަވެއްޖެ، ކަނޑު ދަތުރުތައް ކުރުމުގައި ސަލާމުވާން އިލްތިމާސްކޮށްފި!

ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ކަނޑުމަގުން ނުކުރުމަށް އެމްއެންޑީއެފުން މިއަދު އެދިއްޖެއެވެ. އެމްއެންޑީއެފުން މިއަދު ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. މިގޮތުން، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ކަނޑު މަގުން ނުކުރުމަށާއި އެ ދަތުރުތައް ކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. https://x.com/MNDF_Official/status/1950154687279202671 ޚާއްސަކޮށް ރޭގަނޑަށް ދަތުރު ނުކުރުމަށާއި މޫސުން ގޯސްނަމަ ދަތުރު ފަސްކުރުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ. އަދި، މެޓުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަކީ އެމްއެންޑީއެފްގެ ޚާއްސަ އިލްތިމާސެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އިއްޔެ ވަނީ ގަދަވަޔާ އެކު، ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ ކަމަށާއި ދެކުނަށް ފަސް ދުވަސް ވަންދެން ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. https://sun.mv/209164 މެޓުން ލަފާކުރާ ގޮތުގައި މިއަދާއި މާދަމާގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހުން ފެށިގެންނެވެ. ފާހަގަކުރެވޭ ގޮތުގައި، މިނިވަން ދުވަހާ ގުޅިގެން މިދިޔަ ހޮނިހިރުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ބަންދެއް ލިބުނެވެ. އެހެންވެ، ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުތައް ކުރިއެވެ. އޭގެފަހުން، ސަރުކާރު ހުޅުވިފައި ވަނީ މިއަދެވެ. އެމްއެންޑީއެފުން މޫސުމަށް ސަމާލުވާން އިލްތިމާސްކުރިއިރު، މީގެކުރިން މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރުތައް ކޮށްގެން ހިތާމަވެރި ހާދިސާތައް ވެސް ދިމާވެފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ