ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 13 ދަރިވަރަކު ޑީންސް އެވޯޑް ހޯދައިފި

ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 13 ދަރިވަރަކު ޑީންސް އޮނަލިސްޓް އެވޯޑް ހޯދައިފި އެވެ.
ޤައުމީ ޔުނިވާސިޓީ ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ހާސިލުކުރީ އެ ކެމްޕަހުގައި ނަރުސްކަން ޑިގްރީއަށް ކިޔަވާ 13 ދަރިވަރެކެވެ. އެ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރޭ އެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލަރ އަކްބަރީ މުހައްމަދެވެ.
ޑީންސް އޮނަލިސްޓް އެވޯޑް ހާސިލްކުރި ދަރިވަރުން:
ފާތިމަތު ރިނާ އަހުމަދުއައިޝަތު ސަމްހާ އަހުމަދު ހާޝިމްއައިޝަތު ޝިފާނާ އިބުރާހިމް ޝާހީއައިމިނަތު ސަމްހާ އަހުމަދު އާޝިމްރިޒްނާ މުހައްމަދުދިރާޔާ އަހުމަދުއައިޝަތު އަބުދުއްރަހުމާންއައިޝަތު ސަނާނައުފާ ހުސައިންފާތިމަތު އަޒްމާ އަލީއައިޝަތު އާތިކާ އިބުރާހިމްމުހައްމަދު އާދަމްފާތިމަތު އީމާ މުހައްމަދު ޒާހިރު
ޑީންސް އޮނަރލިސްޓް އެވޯޑަކީ ފުރަތަމަ ޑިގްރީން މަތީގެ ކޯސްތަކުން، ކިޔެވި ހުރިހާ މާއްދާއަކުން ޑިސްޓިންކްޝަން ނުވަތަ އެއަށްވުރެ މަތީ ދަރަޖަ ހާސިލުކޮށްފައިވާތީ އެކަން ފާހަގަކޮށް ޑީން ދެއްވާ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.
ނަރުސްކަން ކިޔަވާ 7 ދަރިވަރު ޓޮޕް އެޗީވާސް އެވޯޑް ހާސިލްކުރި
ފާތިމަތު ބިންތު ހުސައިން – ބެޗެލަރ އޮފް ނާރސިންގއައިމިނަތު ޝައިބާ އަބުދުލް ރަޝީދު – ބެޗެލަރ އޮފް ނާރސިންގއައިޝަތު ޒޫނާ މޫސާ – ބެޗެލަރ އޮފް ނާރސިންގކައުސަރު އަބުދުއްރަހީމް – އެޑްވާންސް ޑިޕޮލޮމާއައިޝަތު ނައުރާ އަހުމަދު – އެޑްވާންސް ޑިޕޮލޮމާފާތިމަތު ލަމްޔާ – އެޑްވާންސް ސެޓްފިކެޓް
ޓޮފް އެޗީވާސް އެވޯޑް ހާސިލް ދަރިވަރަކަށް ރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވަނީ--ކޭއޯފޮޓޯ
މިރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އިޤްރާރުވި އެވެ.
ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކެމްޕަހެވެ. އަދި އެއީ މާލެ ފިޔަވާ އެންމެ ގިނަ ނަރުހުންވެސް އުފައްދާ ކެމްޕަސްވެސްމެ އެވެ.
މި ރަސްމިއްޔާތުގައި އެ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އާއި ލެކްޗަރ އިން އަދި ކޭއާރުއެޗުގެ ސީނިއާ ނަރުހުންނާއި މުއައްސަސާތަކުގެ ވެރިން އަދި ދަރިވަރުން ބައިވެރިވެލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ