އަޟްހާ އީދަކީ އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މިސާލެއް: ރައީސް މުއިއްޒު ފުޓްބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް: ރައީސް މުއިއްޒު ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް: ރައީސް ސަރުކާ

ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްކައުޓް ހަރަކާތަށް 70 އަހަރު ފުރުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހުތިރާމް ލިބިފައިވާ، ގައުމީ ފެންވަރުގައި އެންމެ ފުޅާކޮށް ހިންގާ ދަރުމަވެރި ހަރަކާތެވެ. އަދި ވޭތުވެދިޔަ ހަތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، ގައުމު އެދި ގޮވާލި ކޮންމެ ވަގުތަކު ސްކައުޓުން ވެފައިވާ ގުރުބާނީ އާއި އެއްވެސް އުޖޫރައެއް ނެތި ކޮށްދެމުންދާ ހިދުމަތްތަކަކީ އަގުހުރި ހިދުމަތްތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސްކައުޓް ހަރަކާތުގެ ތެރެއިން ދިވެހި ދަރިންނަށް މުހިންމު ހުނަރުތަކާއި ރީތި އާދަތައް އުނގަންނައިދީ، ހަރުދަނާ ޖީލެއް ބިނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު ވަޒަންކޮށްދޭ ބާރެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
“ރާއްޖެއަށް އަންނަމުންދާ ތަރައްގީއާ އެކު، ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް. ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަން ޖެހޭ،” ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސް ވަނީ ސްކައުޓް ހަރަކާތް ދެމެހެއްޓުމަށް މިހާތަނަށް މަސައްކަތްކުރެއްވި ހުރިހާ ލީޑަރުންނަށާއި ސްކައުޓުންނަށް ޝުކުރު އަދާކުރައްވައި، ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ