ލ. ގަމުގައި ކަރަންޓުގައި ޖެހިގެން ހާލު ދެރަވި ކުއްޖާ ވެންޓިލޭޓަރުން ނަގައިފި އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، އުމުރުން 14 އަހަރުގެ އެ ފިރިހެން ކުއްޖާ ކަރަންޓުގައި ޖެހުނީ، އީދަށް ތަން ތައްޔާރުކުރުމުގެ ތެރޭގައި ކަރަންޓު ވާގަނޑަކުންނެވެ.
ތަފްސީލް - އެ ކުއްޖާއަށް އެންމެ ފުރަތަމަ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ހާލު ސީރިއަސްވުމާ އެކު މިދިޔަ ބުދަ ދުވަހު ވަނީ މާލެ ގެެނެސްފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި، އިއްޔެ މެންދުރު އޭނާ ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެކަމަކު އަދިވެސް އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށެއް ނުލަ އެވެ.
ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ