އިންޑިއާގައި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޓެލެގްރާމް އެޕް ބްލޮކް ކޮށްފިއެވެ.
މިއީ އެ ގައުމުގައި ބާއްވަން ތައްޔާރުވާ ގައުމީ ފެންވަރުގެ އިމްތިހާން ކަރުދާސްތަކެއް ލީކު ކުރަމުންދާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ނިންމި ނިންމުމެއް ކަމުގައި ރިޕޯޓުތަައް ބުނެއެވެ.
މި ނިންމުމާއެކު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޓެލެގްރާމް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާއިރު، މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް މެސެޖުތައް އެޑިޓު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.
އިންޑިއާގެ ނެޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) އިން ބުނީ، މިގޮތަށް ނިންމީ، އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަރިވަރުންނަށް އޮޅުވާލައިގެން މެސެޖުކޮށް ހަދާތީ ކަމަށެވެ.
މީގެ ކުރިން ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވެ، އިމްތިހާނު ފަސްކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެތައް ދަރިވަރުން މުޒާހަރާކޮށް، އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރާ ޕްރަދާންގެ އިސްތިއުފާއަށް ވެސް ގޮވައިލިއެވެ. ކޮކްރޮޗް ޖަންތާ ޕާޓީގެ ނަަމުގައި ހަރަކާތްތައް ވެސް އުފެދިގެން އައީ، މި މައްސަލައިގައި ކުރެވުނު މުޒާހަރާތަކާ ގުޅިގެންނެވެ.
އިންޑިއާގައި ވަގުތީ ގޮތުން ޓެލެގްރާމް ބްލޮކް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ